MTCC

ޓްރާންސްޕޯޓް މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، އެ މަގާމަށް ސައީދު އައްޔަންކުރައްވައިފި

459179_aa95d173-8_

ޓްރާންސްޕޯޓް މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، އެ މަގާމަށް ސައީދު އައްޔަންކުރައްވައިފި

SHARE

ޓްރާންސްޕޯޓް މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި އެ މިނިސްޓްރީގެ ވެރިއަކަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އައްޔަންކުރައްވައިފިއެވެ.

މިނިސްޓަރު ސައީދުގެ މިނިސްޓްރީ އަށް ކިޔަނީ 'އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް' އެވެ.

ކެބިނެޓުން 10 މިނިސްޓަރަކު ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. ރައީސް ވަނީ އިސްތިއުފާ ގަބޫލުކުރައްވާ، 12 މިނިސްޓަރަކު އަލަށް އައްޔަން ކުރައްވާފައެވެ. މި 12 މިނިސްޓަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ލައި ދިނުމަށްފަހު ވަޒީރުންނަށް ފަތްކޮޅު ހަވާލުކޮށްދެއްްވިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ހުވާކުރެއްވި ވަޒީރުންނާއެކު، ބަންޑާރަ ނައިބު  އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ މިނިސްޓްރީއެއްގެ މިނިސްޓަރުންނާއެކު ޖުމުލަ 15 ބޭފުޅުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެ މިނިސްޓްރީއަކަށް މިނިސްޓަރުން އައްޔަނު ނުކުރައްވައެވެ.

ރައީސް އޮފީހުން ބުނީ 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާއި އެއްގޮތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.