MTCC

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކޮށް، 12 ވަޒީރުން ހުވާކޮށްފި

IMG_5186

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކޮށް، 12 ވަޒީރުން ހުވާކޮށްފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، 12 ވަޒީރުން ހުވާކުރައްވައިފިއެވެ.

މި 12 ވަޒީރުން ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅާއި ހަވާލުވެ، ހުވާކުރައްވާފަ އެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް:

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު

މިނިސްޓަރ އޮފް ޓެކްނޮލޮޖީ އެންޑް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓް އިސްމާއީލް ޝަފީއު

މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެޔަރ ގިލާ އަލީ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯސްމަންޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

މިނިސްޓަރ އޮފް ޔޫތު އެންޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު

މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް އަބްދުﷲ މުއްތަލިބު

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް،  އެންވަޔަރަމެންޓް އެންޑް އެނާޖީ އަލީ ޝަރީފް

މިއަދު ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު ވަނީ އިސްތިއުފާ ދެއްވަފާއެވެ. ރައީސް އޮފީހުން ބުނީ މި 10 ވަޒީރުންވެސް އިސްތިއުފާ ދެއްވީ ރައްޔިތުންގެ ހިތުގެ ވިންދާއި އެއްގޮތަށް، ހެޔޮ ބަދަލަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.