MTCC

ޔޫތް މިނިސްޓަރުވެސް އިސްތިއުފާދެއްވައިފި

328383_6aa04ec2-1_-scaled-1-1536x1024

ޔޫތް މިނިސްޓަރުވެސް އިސްތިއުފާދެއްވައިފި

SHARE

ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވެސް އިސްތިއުފާދެއްވައިފި އެވެ.

އޭނާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ މަގާމަށް އައްޔަނުކުރައްވާފައިވަނީ 2023 ވަނަ އަހަރުގަ އެވެ.

މަގާމުން ވަކިކުރެއްވިފަހުން އޭނާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މި މަގާމުން އިސްތިއުފާ ދެއްވަން ނިންމި އިރު ކޮށްފައިވާ ހިދުމަތާއިމެދު ފަހުރުވެރިވާކަން ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ފުރުސަތު ލިބުމުން ޝުކުރުވެސް އަދާކުރެއްވި އެވެ.

މިނިސްޓަރުންގެ އިތުރުން ބައެއް ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވެސް މި ހަފްތާގައި ދަނީ ބަދަލު ގެންނަމުން ނެވެ.