ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 2023 ވަނަ އަހަރެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވެސް މި ހަފްތާގައި ދަނީ ބަދަލު ގެންނަމުން ނެވެ.