އާރިފް މަގާމުން އިސްތިއުފާ ދެއްވި ކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ "އެތެރެފުށް އެމްވީ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ، އެކަމަކު އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އަލީ އާރިފް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ދުވަސް ކަމުގައިވާ 17 ނޮވެމްބަރު 2023ގަ އެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަލީ އާރިފަކީ 2014 އިން 2019 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހުގެ ދައުރަށްފަހު އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވައި، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕޭނުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.