MTCC

މަސްވެރިކަމާ ގުޅޭ މަޝްވަރާތަކަކަށް ރައީސް އަންނަ މަހު ލަންކާ އަށް

524417089_1141747321323837_3586131876138966871_n-860x573

މަސްވެރިކަމާ ގުޅޭ މަޝްވަރާތަކަކަށް ރައީސް އަންނަ މަހު ލަންކާ އަށް

SHARE

ރާއްޖެ އާއި ސްރީލަންކާގެ ދެމެދުގައި އޮންނަ، ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، އަންނަ މެއި މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ސްރީލަންކާގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީމަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، އިންވެސްޓްމަންޓްތަކަށް އާ ފުރުސަތުތައް ހޯދުމެވެ.

މީގެއިތުރުން، ރާއްޖޭގެ ތާޒާ މަސް، ލަންކާގެ ދަޅުމަސް ބަންދުކުރާ ސިނާޢަތާ ގުޅުވާލައިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމާ ބެހޭގޮތުން ވެސް މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މީޑިއާތަކުން ބުނެއެވެ.

އެގޮތުން، މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން، ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު ވަނީ ލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.