MTCC

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ކުލަގަދަޮށް ފާހަގަކޮށްފި!

670063327_1416172720546715_4855662515247787304_n

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ކުލަގަދަޮށް ފާހަގަކޮށްފި!

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ 60 ވަނައަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއޭސީއެލް އިން ބުނީ،ރމިނަލް 1 ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގ ެޗީީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާލަތީފްއެވެ.މި ރަސްމިއްޔާތުގައި މި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާންގެއިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.

މި ރަސްމިއްޔާތަށްފަހު ކުންފުނީގެ މެނޭޖުމަންޓާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވައިފައެވެ.އަހަރީގެ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ވަނީ ހަވީރު ސައެއް ބާއްވާފައެވެ. ހަމަމިއާއެކު،މި ރަސްމިއްޔާތުގައި އަހަރީދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެމުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް ވަނީ އިނާމު ދީފައެވެ.

މި އިނާމުތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ/