MTCC

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ!

images (9)

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ!

SHARE

ރައްޔިތުންގެ މަޖިލީހުންގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވަނީ، ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނާ މައްސަލައެއްގައެވެ. މި ހުކުމަކީ، ސިނާން އާއި އިތުރު ތިން މީހަކު ހިމެނޭ ގޮތަށް، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ނާގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނުގެ، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން ސުޕްރީމް ކޯޓުން ކުރި ހުކުމެކެވެ.

ކޯޓުން ސިނާންގެ މައްޗަށް ހުކުމްކޮށްފައިވަނީ، އެ ފައިސާ ހަމަސް ތެރޭގައި ދެއްކުމަށެވެ. ކޮންމެ މަހެއްގެ އެއީ ހަތަރު ލައްކަ ސޯޅަ ހާހަށް ވުރެ ގިނަ ރުފިޔާ އޭރުން ދައްކަންޖެހޭނެއެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ސިނާން ވަނީ އެ މައްސަލަ ހުށަހެޅި ދުވަހު އޭނ އޭރު ދައްކަން ޖެހޭ ދަރަނި އެއްކޮށް ހާލާސްކޮށްފައެވެ.

ސިނާންގެ މައްޗަށް ހުކުމާއި އެއްގޮތަށް، ދަރަނި ނުދައްކާ ކަމަށް ކަނޑައަޅައި، އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވަނީ މައްސަލަ ބެއްލެވި 5 ފަނޑިޔާރުގެ ވެސް އިއްތިފާގުންނެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި"އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" ހިމެނެއެވެ، އަދި މަޖިލީހުގެ މެންބަރުންގެ ޝަރުތުތެއް އުނިވެއްޖެނަމަ، މަޖިލީހުގެ ގޮނޑު ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.މަޖިލީހުގެ މަންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމުގައިވާނަމަ، ދެ މަސް ދުވަހުގެ ތެރޭގައި މެންބަރުކަމަށް މީހަކު އިންތިހާބުކުރަން ޖެހެއެވެ،