MTCC

ގެދޮރު އިމާރާތްކުރުމަށް ބީއެމްއެލް އިން ދޫކުރާ ލޯނަށް އަތުން ދައްކަންޖެހޭ މިންވަރު 5 އިންސައްތަ އަށް ކުޑަކޮށްފި

1714985040.17149850407978

ގެދޮރު އިމާރާތްކުރުމަށް ބީއެމްއެލް އިން ދޫކުރާ ލޯނަށް އަތުން ދައްކަންޖެހޭ މިންވަރު 5 އިންސައްތަ އަށް ކުޑަކޮށްފި

SHARE

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން،  އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތް 5 އިންސައްތައަށް ކުޑަކޮށްފި އެވެ.

މީގެކުރިން  ހަރަދުކުރަންޖެހޭ ގޮތަށް އޮތީ 20 އިންސައްތައެވެ. ބީއެމްއެލް އިން މި ލުއި ދޭނީ 3 މިިލިއަން ރިފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް އެކަންޏެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް، ބީއެމްއެލް އިން ގެނައި ބަދަލެކެވެ.

ބީއެމްއެލް އިން ބުނީ ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް މިދިޔަ އަހަރު 5 އިންސައްތަ އަށް ކުޑަކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، ބީއެމްއެލް އިން 9 އިންސައްތަ ރޭޓާއެކު، ދޫކުރާ ފައިނޭންސިންއާ އެކު އެ ބޭންކަކީ،ރާއްޖޭގައި އެންމެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިންގ ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، އިކުއިޓީ 5 އިންސައްތަ އަށް ކުޑަކުރުމަކީ ގެދޮރު އިމާރާތްކުރުމުގައި ދިވެހި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވޭނެ ކަމެއް ކަމަށެވެ.

"މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000ރ. ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000ރ.އާ އެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް."

ބީއެމްއެލްގެ އަމާޒަކީ ކަސްޓަމަރުންގެ ބޭނުންތަކަށް، މާލީ އެހީތެރިކަން ވީހާވެސް ފުޅާ ދާއިރާއެއްގަި ފޯރުކޮށްދިނުމެވެ.