ސްރީލަންކާގައި ނުގަނެވިހުރި، އަސާސީ މުދާ ކޮންޓެއިނަރުތަކެއްް އެބަހުރިކަމަށާއި، އެތަކެތި ވީހާވެސް އަވަހަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖެއަށް ނުގެނެވި 4،200 ކޮންޓެއިނަރު އެބަހުރި ކަމަށާއި، އޭގެ ތެރެއިން 80 ކޮންޓެއިނަރަކީ އަސާސީ މުދާ އެކުލެވޭ ކޮންޓެއިނަރު ކަމަށެވެ.
މި ކޮންޓެއިނަރުތައް އަވަހަށް ގެނެވޭތޯ ބަލަމުންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުންތައް ވިޔަފާރިވެރީންނާ، ލަންކާގެ ކަމާއި ބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދިވެހި ބާޒާރުގައި އަސާސީ މިދާ ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީން ކަން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އެއްވެސް އަސާސީ ކާބޯތަކެތީގެ ބާވަތެއް އަދި ހުސްވެފައި ނެތް ކަމަށާއި، 164 ބާވަތެއްގެ އަސާސީ މުދާ މޮނިޓަރ ކުރަމުން ގެންދާކަމަށެވެ.