ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވުމުން، ވޯޓު ދިން ހުރިހާ ފަރާތްތަކަށާއި، ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަކަށްޓައި ރައީސް ޑރ މުހައްމަދު މުއިއްޒުއަށް، މޫސާ އަލީ ޖަލީލު ޝުކުރު ދަންނަވައިފި އެވެ.
މޫސާ އަލީ ޖަލީލު ވަނީ އިންތިހާބުގައި ދެއްބި ބޮޑު އެހީތެރިކަމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒަށާއި، ޕާޓީގެ ލީޑަރޝިޕާއި އެންމެހާ މެންބަރުންނަން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން މާލޭ ސިޓީގެ މޭޔަރުކަމަށް ވޯޓު ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން ކިރެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނެ ކަމަށް މޫސާ އަލީ ޖަލީލު ވަނީ ވިިދާޅުވެފައެވެ.އޭނާ ވަނީ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފަ އެވެ. ދިވެހިރާއްޖެއަސް އަދި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން ތާއަބަދު މާތް ﷲ މިންވަރުކުރެއްވުމަށް އެދި މޫސާ އަލީ ޖަލީލު ވަނީ ދުއާކުރައްވާ ފައެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ދިފާއުކުރެއްވީ މިދިޔަ ދައުރުގެވެސް މޭޔަރުކަމުގެ ދައުރު ފުރިހަމަ ކުރެއްްވި އެމްޑީޕީ އާދަމް އާޒިމެވެ.