MTCC

ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން: މިނިސްޓަރ ނާޒިމް

5457020f-3613-423f-81e7-9acd2a75f39d

ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން: މިނިސްޓަރ ނާޒިމް

SHARE

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ސިއްހަތުގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސައިންސާއި ޓެކްނޮލޮޖީއަށް ބަރޯސާވެ މިކަމަށް އިތުރު އިންވެސްޓްމެންޓްތައް ކުރުމަކީ ސިއްހީ ދާއިރާއެއްގެ އަމާޒެއް ކަމަށެވެ.

"ސިއްހީ ނިޒާމު ތަރައްގީކުރުމަށް ސަރުކާރުން ދާނީ އަބަދުވެސް މަސައްކަތްކުރަމުން. މިގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އާ ޓެކްނޮލޮޖީއާާއި ވަސީލަތްތައް ހޯދުމާއި މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްތާއި ކުރާ ހޭދަ މިދަނީ އިތުރުކުރަމުން."

ދުނިޔޭގެ ސިއްހަރު ޖަމިއްޔާގެ އިތުރުން ޔުނިސެފް ފަދަ އދގެ އެެހެނިހެން ޖަމިއްޔާތަކާއި ގުޅިގެން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އައިސްފައިވަ ކުރިއެރުން ސާބިތުކޮށްދެނީ ސިއްހީ ގޮތުން ދުޅެހެޔޮ މުޖުތަމައުއެއް ކަށަވަރުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގައި މެޑިކަލް ސައިންސް ދައްކާ ހެޔޮ މަގުން ހިނގުމުގެ މުހިއްމުކަން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުހގެ ސިއްހީ ސިޔާސަތުތަކަށް ބެލުމުން ވެސް ފެނިގެންދާނީ، ސައިންސުގެ އަލީގައި ސިއްހީ ހިދުމަތާއި ފަރުވާ ބައްޓަންކުރުމުގައި ދެވޭ އަހައްމިއްޔަތުކަން ކަމަށެވެ. މީގެއިތުރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތެއްގައި ވެސް އެންމެ އިސްކަމެއް ދެނީ އެ ހިދުމަތެއްގެ ފެންވަރާއި ރައްކާތެރިކަނަް ކަށަވަރުކުރުމުގެ އިތުރުން، އެ ހިދުމަތެއް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.