MTCC

ސިއްހަތަށްޓަކައި އެންމެން އެކީގައި މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ސިއްހަތަށްޓަކައި އެންމެން އެކީގައި މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

SHARE

ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި، ސިއްހަތު ދުވަހުގެ ތަހުނިޔާ ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ހިއްސާކުރެއްވު ޕޯސްޓެއްގައި  ވަނީ، ސިއްހަތު ރައްކާތެރިކުރުމުގައި ޢިލްމީ އެއްބާރުލުން ދިނުމުގެ މުހިންމުކަން އަލުން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ،  މެޑިކަލް ރިސާޗަށް ބޮޑު އިންވެސްޓްމަންޓެއް ދީ، ސިއްހީ ސިޔާސަތުތަކާއި އިންޓަރވެންޝަންތައް ސައިންސްގެ މައްޗަށް ވަރުގަދަ ގޮތެއްގައި ބިނާވެފައިވާކަން ކަށަވަރު ކުރުމަށް މަލްޓިލޭޓަރަލް ކޯޕަރޭޝަން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން،ރާއްޖޭއަކީ ސިއްހީ ހަރުފަތްތައް ސައިންސްގެ އިލްމުން ބައްޓަންކުރާ ސަގާފަތެއް އާލާވެފައި އޮތް ގައުމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

“އަޅުގަނޑުމެން މިދަނީ ޑިޖިޓަލް ހެލްތު ފުޅާކޮށް، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް އިންޓަގްރޭޓްކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއާއި އަވަހަށް ޑިޓެކްޝަން ޕްރޮމޯޓްކޮށް، ފައިދާހުރި ފަރުވާގެ ހިދުމަތްތައް ކަށަވަރުކޮށްދެމުން.”

ހަމަމިއާއެކު، މި ހާއްސަ ދުވަހު، މުޖުތަމައުތައް ދުޅަހެޔޮކަމާއި އުއްމީދީ ގޮތެއްގައި ބެހެއްޓުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ އެންމެންނަށް  ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

‘ޓުގެދަރ ފޯ ހެލްތު، އެންޑް ޓު ސްޓޭންޑް ވިތު ސައިންސް’ ޝިއާރުގެ ދަށުން މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.