ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އޭވިއޭޝަން ސެކިއުރީޓީ އިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ، މި މަގާމަށް 10 މީހުން ހޯދާ ކަމަށެވެ.ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އެގޮތުން މަގާމުގެ ޖުމުލަ މުސާރައަކީ. 10،130 ރުފިޔާއެވެ. އެއީ 7،670 އަސާސީ މުސާރައާއި، 2300 މަގާމުގެ އެލަވެންސް އެވެ،
މަގާމުގެ އިތުރު ޝަރުތުތައް:
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން. ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓު 3 ގެ ސެޓްފިކެޓެއް
މީގެއިތުރުން އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލު ވެސް ގެޒެޓްކޮށްފައިވާ އިއުލާނުގައި ފެންނަން ހުންނާނެއެެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ 14:00 އެވެ. ލިޔުންތައް ހުށަހަޅަންޖެހޭނީ، ހުޅުލޭގައި ހުންނަ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް recruitment@avsecom.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.