MTCC

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

f6267ff4-ba98-4828-bfa1-793ba7bcc418

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

SHARE

ދިވެހި ވަތަނީ ހިދުމަތުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝީއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީގެ ކުރިން، މި ޓްރެއިނިންގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ،އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
ޑިފެންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ، މިހާރު މުއްދަތު މިމަހުގެ 7 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ފުރިހަމަ ސިއްހަތެއްގައި ހުރި ދިވެހި ޒުވާނުންނަށެވެ. ޕްރޮގްރާމްގެ ތަމްރީނުތައް ކުރިއށްގެންދިއުމަށް  ޅ. މާފިލާފުށީގަައި ބޭއްވުމަށް ޖަމަޖެހިފައިވާއިރު، ޕްރޮގްރާމް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަންނަ މެއި މަހުގެ ފަހު ހަފުތާގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް، ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު،applyfor.mns@defence.gov.mv  އަށް މެއިލް ކުރުމަށް ދިފާއީ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ. ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދިފާއީ ވުޒާރާއަށް  ގޮސްގެން ވެސް ފޯމު ހުށަހެޅޭނެއެވެ.

ހަމަމިއާއެކު، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ފަރާތަކަށްވެސް، ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތަމްރީނު ފުރިހަމަކުރުމުން ކަނަޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.