MTCC

ވިލިމާލެ އތމ ކޮމިޓީގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

298522_3_0

ވިލިމާލެ އތމ ކޮމިޓީގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

SHARE

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ކ. ވިލިމާލޭގެ ކައުންސިލްގެ ރައީސް ކަމަށް ކެންޑިޑޭޓް އިބްރާހީމް ސަމާހް އިންތިހާބުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައު ސަމާހް ވަނީ 800 އަށް ވުރެ ގިނަ ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އަހްމަދް ޝަމިން ރަފީއުއަށް ލިބިވަޑައިގެންފައި ވަނީ 500 ވޯޓެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމަށްވެސް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތް ސަޖިދާ އެވެ. ސަމްސީނާ ވަނީ 601 ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގައި، ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 253،714 މީހުންނަށެވެ.