MTCC

މާފުށި ރައީސްގެ ގޮނޑި ޕީއެންސީއަށް

-dlwDBZh

މާފުށި ރައީސްގެ ގޮނޑި ޕީއެންސީއަށް

SHARE

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ކ. މާފުށީގެ ކައުންސިލު ކައުންސިލްގެ ރައީސް ކަމަށް ކެންޑިޑޭޓް އަލީ ޝަމޫން އިންތިހާބުކޮށްފި އެވެ.

ޝަމޫން ވަނީ 660 އަށް ވުރެ ގިނަ ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭނާއާ ވާދަކުރެއްވީ މިހާރު ވެސް ކައުންސިލްގެ ރައީސްއަކަށް ހުންނެވި ހަސަން ސޮލާހެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ސޮލާހަށް ލިބިވަޑައިގެންފައި ވަނީ 487 ވޯޓެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމަށްވެސް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު ސަމްސީނާ މުހައްމަދެވެ. ސަމްސީނާ ވަނީ 601 ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.