ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ،ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 6 އޭޕްރީލްވާ ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ސައުދީގެ ސަރުކާރުން ހަމަޖައްސަވައިދެއްވާނޭ ކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މިއީ ފެބްރުއަރީ މަހުގެ ކުރީކޮޅު ރާވާއި، ހަމަޖައްސަވައިފައި އޮތް ދަތުރުފުޅެއް ކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.