MTCC

ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމަޔަށް އިތުރުކޮށްފި

298522_3_0

ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމަޔަށް އިތުރުކޮށްފި

SHARE

މިއަދު ބާއްވަމުންދާ އިންތިހާބުތަކުގެ ވަގުތު ހަވީރު 5 ޖެހުމާ ހަމައަށް އިތުރު ކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ބުނީ، ހޫނުގަދަވުމާއި، ވޯޓު ކިޔު ކިޔު ދިގުވުމުގެ ސަބަބުން ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާ ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ހުޅުވާލީ ހެނދުނު 8 ޖެހި އިރު އެވެ.

މިހާތަނަށް އައި އިރު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 131,947 މީހުން ވޯޓު ލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.75 އިންސައްތައެވެ. އަދިވެސް 162,929 މީހުން ވޯޓު ނުލާ އެބަތިއްބެވެ. އެއީ ޖުމުލަ އާބާދީގެ 55.25 އިންސައްތައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. އީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 63،175 އަށްވުރެ ގިނަ އަންހެނުންނާއި 68،772 އަށްވުރެ ގިނަ ފިރިހެނުން ވަނީ ވޯޓުލާން ގޮސްފަ އެވެ.