MTCC

ލޯކަލް ކައުންސިލް އިންތިހާބު، ޑަބްލިއުޑީސީ އަދި ރެފްރެންޑަމްގެ ވޯޓުލުން ފަށައިފި

HFB0h43boAAzWLi

ލޯކަލް ކައުންސިލް އިންތިހާބު، ޑަބްލިއުޑީސީ އަދި ރެފްރެންޑަމްގެ ވޯޓުލުން ފަށައިފި

SHARE

ވާ ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ބޮޑު ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

އެގޮތުން، ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

ވޯޓުލާއިރު ކޮންމެ މީހަކަށްވެސް ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ކަރުދާސް ހިމެނޭހެން ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ވަނީ ބުނެފައެވެ،  ތިން ވޯޓުގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާނަމަ، އެ ފުރުސަތުވެސް މިފަހަރު އީސީއިން ވަނީ ދޭން ނިންމާފައެވެ.

އިންތިހާބުގައި ތިން ފޮއްޓަށް ވޯޓުލާންޖެހޭއިރު، ކޮންމެ ފޮއްޓެއް ވެސް ހުންނާނީ ފާހަގަވާ ގޮތައް ލޭބަލް ކޮށްފައި ކަމަށް އީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރެފްރެންޑަމް ވޯޓަށް ދެލައްކައަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އޮފިޝަލުންގެ ގޮތުގައި 8000 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ. އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންވެސް ކޮންމެ މަރުކަޒެއްގައި ވެސް
ހަރަކާތްތެރިވާނެއެވެ.