"އެމްއޭސީއެލް އިން މެރިޓް އެވޯޑް 2025″ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީގެ އެޑިއުކޭޝަން (ސީއެޗްސީ) ގެ ހަތަރު ދަރިވަރަކަށް ދީފި އެވެ.
އެމްއޭސީއެލް މެރިޓް އެވޯޑަކީ، ދަރިވަރުންނަށް ކިޔެވުމަށް ހިދުމަތްދީ ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުންދާ އެވޯޑެއްކަމަށް އެމްއޭސީއެލް އިން ބުނެއެވެ. ފާއިތުވި ދެ އަހަރުގައި ވެސް މި އެވޯޑް އެމްއޭސީއެލް އިން ވަނީ ދީފަ އެވެ.
އެމްއޭސީއެލް އިން މި އެވޯޑް ދެނީ ސީއެޗްއެސްއީގެ ގުރޭޑް 11 ނިނަމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރުންނާއި ފިރިހެން ދެ ދަރިވަރުންނަށެވެ. އެމްއޭސީއެލް އިން މި އެވޯޑް ދިނަސް، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ހޮވާނީ، ސީއެޗްއެސްއީ އިންނެވެ.
މިއަހަރުގެ އެމްއޭސީއެލްގެ މެރިޓް އެވޯޑް ހާސިލްކުރި ދަރިވަރުން:
އަޒުވަދު ޒާހިދު ހަމީދު
އީޒާން އަލީ
ހަމްދާ އަހުމަދު
އާއިޝަތު ނައުރީން
މި ހަތަރު ދަރިވަރުންނަށް އެމްއޭސީއެލްގެ ފަރާތުން ލެޕްޓޮޕަކާއި، ވައިފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހަށް ޑޭޓާ ޕެކޭޖާއި، އެއް އަހަރުގެ މުއްދަތަށް ކޮންމެ މަހަކު ފައިސާގެ އެލަވެންސް އެއް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެމްއޭސީއެލް އިންު ދަނީ 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް ފައިސާގެ އިނާމުވެސް ދެމުންނެވެ.