ކ.ގާފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިސްމާޢިލް ހަމީދު އެވ.ެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫޢުގެ ދަށުނ،ް 25 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 956 މީޓަރުގެ ސަރަ ހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 315 މީޓަރުގެ ސަރަހަ އްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ، 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަގަކީ، 246.11 މިލިއަން ރުފިޔާއެވެ.
މި މަސައްކަތް ނިމުމާއެކު، ގާފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.