ތިން ރަށެއްްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ބަނދަތު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރި ތިން ރަށަކީ މ. މަޑުއްވަރީ، ހއ. ފިއްލަދޫ އަދި ބ. ގޮއިދޫއެވެ. މި ތިން ރަށުގެވެސް ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިސްމާޢިލް ހަމީދު އެވ.ެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ މި ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އެވެ.
މަޑުއްވަރީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަަމަޖެހިފައިވާ މަސައްކަތްތައް:
51,850 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުން
ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން
މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
218 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮއްޓެއް ލުން
11 މީޓަރުގެ ސަރަހައްދެއްގައި އަޑީ ބޭރުތޮއްޓެއް ލުން
329 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
158 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
1560 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް މަސައްކަތް ކުރުން
ބައްތި ހަރުކުރުން
މި މަޝްރޫއަކީ 113.03 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެމްޓީސީސީއިން ބުނީ، މި މަސައްކަތް ނިމުމާއެކ،ު މަޑުއްވަރީ ރައްޔިތުންނަށް ޖާގަ ތަނަވަސް ބަނދަރެއް ލިބ،ި ލަފާފުރުމުގެ ދަތިތައް ހައްލުވެގެން ދާނެ ކަމަށެވެ.
ފިއްލަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަަމަޖެހިފައިވާ މަސައްކަތްތައް:
31،480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުން
156،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބިން ހިއްކާ ވެލި ނެގުމަށްޓަކައި ފަޅު ފުންކުރުން
58 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން
89 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮއްޓެއް ލުން
30 މީޓަރުގެ ސަރަހައްދެއްގެ އަޑީ ބޭރުތޮއްޓެއްް ލުން
1156 މީޓަރުގެ ރިވެޓްމެންޓް ޖެހުން
45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
814 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުުރުން
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ، 118.51 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށެވެ. މިހާރު ފިއްލަދޫގައި އޮންނަ ބަނދަރު ޖާގައިގެ ގޮތުން ކުޑަކަން ފާހަަގަކޮށް އެމްޓީސީސީއިން ބުނީ މަސައްކަތް ނިމުމާއެކު، އޮޑިދޯނިފަހަރަށް ލަަފާފުރުމުގެ ދަތިތައް ހައްލުވެގެން ދާނެ ކަމަށާއި ރައްޔިތުންނަށް ޖާގަ ތަނަވަސް ބަނދަރެއް ލިބޭނެ ކަމަށެވެ.
ދެން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ގޮއިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން، 95،182 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއ،ި 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި މިހާރު ހުރި އެއްގަމުތޮށީގެ 315 މީޓަރު ރޫޅާލުން ހިމެނެއެވެ. މީގެއިތުރުން، 351 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 116 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 11 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހަމަމިއާއެކު، 2،649 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. 87.81 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، އެއް އަހަރު ދުވަހު ތެރޭ ނިންމުމަށެވެ.
800 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ގޮއިދޫ ބަނދަރުގެ ޖާގަ ކުޑަވުމާއ،ި ފަޅު ތިލަވުމުގެ ސަބަބުން ލަފާ ފުރުމާއި އޮޑި
ދޯނި ފަހަރު އަޅާފައި ބޭއްވުމަށް ދަތިތައް އަންނަނީ ކުރިމަތި ވަމުން އަންނަ ކަމަށް އެމްޓީސީސީއިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް ބަނދަރު ތަރައްގީކޮށް ނިމުމުން، ގޮއިދޫ ރައްޔިތުންނަށް ޖާގަ ތަނަވަސް ބަނދަރެއް ލިބ،ި ލަފާފުރުމުގެ ދަތިތައް ހައްލުވެގެން ދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައެވެ.