MTCC

މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަކަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައި ނެތް: ރައީސް

DSC_6583

މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަކަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައި ނެތް: ރައީސް

SHARE

މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެއް އޮތް ނަމަވެސް، އެ ކޮމެޓީއަށް އެކި ސަބަބުތަކާއި ހުރެ ރަނގަޅަށް މަސައްކަތް ކުރެވިފައި ނެތް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މުހިއްމު ނިންމުންތައް ނިންމުމަށް، އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި، ޑަބްލިއުޑީސީގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ، މީގެ ކުރިން އޮތް ނަމަވެސް، ކޮމިޓީގެ ތެރޭގައި ލީޑާޝިޕް ނެތުމާއި، އެއިރު ކޮމިޓީގައި އަޣުލަބިއްޔަތު އޮތް ޕާޓީން އެކަށީގެންވާ ގޮތަށް އިރުޝާދު ނުދިނުން ފަދަ ކަންކަމުގެ ސަބަބުން، އެ ކޮމެޓީގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރެވިފައި ނެތް ކަމަށް ރައީސް  ވަނީ ވިދާޅުވެފައެވެ.

“ މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ. އަޅުގނަޑު މޭޔަރުކަމަށް ހުންނެވިއިރުގައި ވެސް އޮތް ކޮމެޓީއެއް އެއީ. ތަފްސީލައް ދާކަށް ނޫން. އެ މޮެޓީއަކުން ފަންކްޝަން އެއް ނުކުރޭ،”

ރައީސް ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގައި ވެސް ހަރަކާތްތެރިވާން ޖެހޭ މިންވަރަށް ޑަބްލިއުޑީސީ ހަރަކާތްތެރިވެފައި ނެތް ކަމަށެވެ.

"އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވެފައި ހުރި މުހިއްމު ވައުދުތަކެއް މާލެއަށް އަދި މުޅި ރާއްޖެއަށްވެސް އަންހެނުން ބާރުވެރިކުރުވައި،އަންހެނުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތުމާއީ ގޮތުން ކޮށްދޭންހުރި ކަންކަން ކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ ލީޑުކުރައްވާނީއަލަައިކާ،”

ރައީސް ވަނީ ޕާޓީ ރޫހު ދޫކޮށް، ގައުމީ ވިސްނުމުގައި މޫސާ އަލީ ޖަލީލު  އަދި އާއިޝަތު އަލައިކާ އަދުނާން އަށް ވޯޓު ދެއްވުމަށް އިލްތިމާސްކޮށްފައެވެ.