މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ނިޔާވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ އޮޓޯޕްސީ ހެދުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ އެމީހާ ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް 2026 އޭޕްރީލް 1 ވަނަ ދުވަހުގެ މެންދުރު ފަހު 13:10 އެހައިކަންހާއިރު ފުލުހުންނަށްލިބިފައިވާ ކަމަށެވެ.
ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން ބުނެފައިވެ އެވެ.
“ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުންފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވެއެވެ. “
އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށްހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.