MTCC

މާލޭ ޓެކްސީ ލައިން: ކާރުތަކުގެ ދެވަނަ ބެޗު ރާއްޖެ ގެނެސްފި

large_thumb_1775053788110

މާލޭ ޓެކްސީ ލައިން: ކާރުތަކުގެ ދެވަނަ ބެޗު ރާއްޖެ ގެނެސްފި

SHARE

ސަރުކާރުން ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިން، "މާލެ ޓެކްސީ" ގައި ބޭނުންކުރާނެ ކާރުތަކުގެ ދެވަނަ ބެޗު ރާއްޖެ ގެނެސްފި އެވެ.

އެމްޓީސީސީން ބުނީ މި ފަހަރު ގެނެސްފައި ވަނީ ޗައިނާގެ، "ޗަންގަން ލޫމިން" މޮޑެލްގެ ކުދި ސައިޒުގެ ކާރުތަަކެއް ކަމަށެވެ. މި ކާރުތަކަށް އެރޭނީ ދެ ފަސިންޖަރުންނަށް ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް އެމްޓީސީސީއިން ފުރަތަމަ ގެނައީ، 60 ކާރެވެ. ދެވަނަ ފަހަރަށް ގެނައީ 90 ކާރެވެ. ޓެކްސީ ލައިންގެ ޚިދުމަތް ސަރުކާރުން ފެށުމަށް ނިންމާފައިވަނީ 150 ކާރާއެކުގައެވެ. އެެއީ ތިން މޮޑެލްއެގެ އިލެކްޓްރޯނިކް ކާރުތަކެކެވެ. އެއް މޮޑެލް ތައިލެންޑުން ގެނެސްފައިވާއިރު، އަނެއް ދެ މޮޑެލް ގެނައީ ޗައިނާއިންނެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޙިދުމަތް ދިނުމަށް 400 އަށް ވުރެ ގިނަ ޑްރައިވަރުން ނެގުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. ސަރުކާރުން ދަނީ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ވޯކިން އިންޓަރވިއުތައް ބާއްވާ، ޑްރައިވަރުން ނެގުމުގެ މަސައްކަތް ވެސް އެމްޓީސީސީއިން ދަނީ ކުރަމުންނެވެ.

މާލޭ ޓެކްސީގެ ހޮޓްލައިން ނަންބަރަކީ، 1655 އެކެވެ.