ވޯޓުލުމުގެ ހުރިހާ މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އިލެކްޝަންސް ކޮމިިޝަންސް (އީސީ) އިން ބުނެފިއެވެ.
އީސީ އިން ބުނީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު، އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ނެވެ.
ސުޢޫދު ކުރިން ވިދާޅުވެފައިވަނީ، ވޯޓުލާންދާ މީހާ ކުރެ ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު، އެމީހަކު ބޭނުންވާ ކަރުދާސްކޮޅު އެކަނި ދިނުމަށް އީސީން މަޝްވަރާކުރަމުންދާ ކަމަށެވެ
“މި ކޮމިޝަނުގެ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް، ހަޤީގަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދާކަން މި ކޮމިޝަނުން ހިތާމައާއެކު ފާހަގަކުރަމެވެ” އީސީން ބުނެފައިވެ އެވެ.
މީގެއިތުރުން އީސީ އިން ބުނީ ވަކިގޮތަކަށް ވަކި ފަރާތަކަށް ވޯޓުލުމަކަށް އެ ކޮމިޝަނުން ނާންގާނެ ކަމަށެވެ. އަދި ހަމަޖެހިފައިވަ ގޮތަށް ކޮންމެ މީހަކަށް ވެސް 3 ކަރުދާސް ކޮޅު، އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.