ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާއިމެދު ، ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެއް ބުރުން ރައީސަކު ހޮވުން އެއީ ރައްޔިތުންގެ ތެރޭގައި މަޝްވަރާ ކުރެވެން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ ރައްޔިތުން މަަޝްވަރާކުރުމަށް ހުޅުވާލިކަމަށެވެ. ރައީސް ވިދާޅުވީ، އެއް ބުރުން ރައީސަކު ހޮވުމަށް ގޮތެއް ނިންމޭނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ނިންމުން ބެލުމަށްފަހުގަައި ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމާއި ގުޅޭ ގާނޫނީ އަދި ފަންނީ ލެވެލްގެ މަޝްވަރާތައް ކަމާއި ބެހޭ އިދާރާތަކާއެކު ކުރަމުން އަންނަ ކަމަށެވެ. ރައީސް ދެކެވަޑައިގަންނަވައި ގޮތުގައި އެގޮތަށް ދެވަނަ ބުރު އުވާލުމަށް ބަދަލުވާ ހާލަތުގައި އެއީ އަންނަން އޮތް އަހަރުތަކުގައި ރައްޔިތުން އެކަމާ ކަންބޮޑުވާނޭ ކަމަށާއި، ނިޒާމަށް ހީނަރު ކަމެއް އަންނާނޭ ކަމަށެވެ.
" ވަރަށް ޓްރާސްޕޭރެންޓް، ދެފުށް ފެންނަ ވަރަށް ރަނގަޅަށް ކުރާ ކަމަކަށް ވާން ބޭނުން،"
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް އެކަން ނިންމާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށެވެ.