MTCC

މި ދައުރުގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅަން މަސައްކަތްކުރަނީ

f6097cd5-503e-4df5-b50b-391adad07ad1

މި ދައުރުގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅަން މަސައްކަތްކުރަނީ

SHARE

މިހާރު ހިނގަމުންދާ ރިކޯލް ވޯޓުގެ ބިލު ހުށަހަޅުއްވަން މަސައްކަތްކުރައްވާ ކަމަށާް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ،ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާ ގޮތަކަށް ވާނީ ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ހޮވޭ މެންބަރުން، ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދިއުން ކަމަށެވެ.

ރިކޯލް ވޯޓަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ތަންފީޒުކުރަމުންދާ ނިޒާމެއް ކަމަށާއި، ރާއްޖޭގައި އެކަން ފަހިކުރުމުގެ ގޮތުން ފަންނީ މަޝްވަރާތައް ކުރިއަށްދާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް އަދި ދުނިޔޭގައި މިކަން ކާމިޔާބުކަމާއެކީ ތަންފީޒުކޮށްފައިހުރި ގައުމުތަކުގައި ކަންކުރާ ގޮތް ބައްލަވައި، ، އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންތިޚާބީ މަޤާމުތަކަށް، ތަޢުލީމާއި ތަޖުރިބާހުރި މީހުންނަށް އިސްކަންދިނުމަށާއި ހުރިހާ ގޮތަކުން އެންމެ ޤާބިލު މީހުން ހޮވިގެންއައިސް އެމީހުންނަށް ފުރުސަތު ލިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. ހަމަމިއާއެކު،ންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ގޮތް ނިންމުމުގައި ޝާމިލުކުރުމާމެދު ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވާފައެވެ.

އެގޮތުން،ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުންގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖެއްސުން ފަދަ މަޝްވަރާއެއް ރައްޔިތުންގެ ފަރާތުން ކުރެވިގެން އައުމަކީ އެދިވަޑައިގަންނަވާ ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.