MTCC

ރަސްމާލެ ޓަނަލްގެ ފަންނީ ދިރާސާތައް ދަނީ ކުރަމުން: ރައީސް

458381_134f8b17-a_

ރަސްމާލެ ޓަނަލްގެ ފަންނީ ދިރާސާތައް ދަނީ ކުރަމުން: ރައީސް

SHARE

މާލޭ ސަރަހައްދަުގައި އުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްްދާ ކަމަށާއި، މާލެއާއި ރަސްމާލެ ކަނޑުއަޑިން ގުޅާލުމަށް އެޅުމަށް ސަރުކާރުން ނިންމާފައިވާ ޓަނެލްގެ ފަންނީ ދިރާސާތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ފުރަތަމަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެގޮތުން ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑުރެޖަރާއެކު، ޖުމްލަ ތިން ޑްރެޖަރަކުން ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ގާތްގަނޑަކަށް 400 އާއި 500 އާ ދެމެދުގެ ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ފުރަތަމަ އެ ބިން އެއްކޮށް ހިއްކާ ނިންމާލުން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަނޑު ބޭނުން މިދިޔަ ސަރުކާރުން ހެދިހެން ނަހަދާ، އަޅުގަނޑު ގޯތި ދޭން ބޭނުންވަނީ ހިއްކާފައި އޮތް ތަނަކުން ވާތީވެ، ޓަނަލްގެ މަސައްކަތް ވިޔަސް، އެހެން މަސައްކަތެއް ކަމުގައި ވިއަސް، ފަންނީ ލެވެލް އެއްގައި އިނީޝިއަލް ސްޓޭޖްގައި ހުރި ކަންތައްްތައް."

މީގެއިތުރުން، ރައީސް ވިދާޅުވީ، މިއަންނަ މަހުގެ ނިޔަލަށް ގޯއްޗަށް ލުމަށް މުއްދަތު ހަމަވާތީވެ، އަންނަ މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.  މާލެ އާއި ރަސްމާލެ ކަނޑުއަޑީގެ ޓަނެލްއަކުން ގުޅާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.