MTCC

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު!

photo_2026-03-29_18-41-47

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު!

SHARE

އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސް އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން، އެމްއޭސީއެލް އިން ވަނީ އޮސްޓްރިއަން އެއާލައިންސް އިން ފުރި 300 އަށް ވުރެ ގިނަ ފަތުރުވެރިންނަށް ހަދިޔާ ދީފައެވެ. އަދި އެ ގައުމުން ރާއްޖެއަށް އައި 328 ފަތުރުވެރިންނަށް ވަނީ ދިވެހި ސަގާފީ ކުޅިވަރެއް ކަމުގައިވާ، ބޮޑުބެރާއެކީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެމްއޭސީއެލް އިން އިން ބުނ،ީ މިއީ އޮސްޓްރިއަން އެއާލައިންސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށެވެ.

ވީއައިއޭ އިން ބުނީ، އޮސްޓްރިއަން އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރު ފަށާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި އޮސްޓްރިއާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.