MTCC

ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކް-އިން އަނެއްކާވެސް އިންޓަވިއުއެއް

big_4BpRkfZGOVPPFS52489JRTcQP

ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކް-އިން އަނެއްކާވެސް އިންޓަވިއުއެއް

SHARE

ސަރުކާރުގެ ޓެކްސީ ލައިން 'މާލޭ ޓެކްސީ" ލައިން އަށް ޑްރައިވަރުން ހޯދުމަށް ވޯކް- އިން އިންޓަރވިއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.

އެގޮތުން، އެމްޓީސީސީއިން ކުރި އިއުލާނެއްގައި ބުނީ،މާލޭ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ބާއްވާ ވޯކް-އިން އިންޓަވިއު މިމަހު 31 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު 01:00 އިން ހަވީރު 04:00 އަށެވެ.

އެމްޓީސީސީއިން ބުނީ، މި އިންޓަރވިއު ކުރިއަށްދާނީ މާފަންނު ބަސް ޓާރމިނަލްގައި ކަމަށެވެ. ސަރުކާރުގެ ޓެެކްސީ ޚިދުމަތް ދިނުމަށްވެސް ހަމަޖެހިފައިވަނީ އެޕް މެދުވެރިކޮށެވެ. އެގޮތުން، އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެމްޓީސީސީއިން ދަނީ ކުރަމުންނެވެ.

މި ހިދުމަތް ދިނުމަށް ސަރުކާރުން ބޭނުންކުރަނީ އިލެކްޓްރޯނިކް ތިން ސައިޒެއްގެ ވެހިކަލްއެވެ.މާލޭ ޓެކްސީ ގެ ހޮޓްލައިން ނަންބަރަކީ 1655 އެވެ.އެމްޓީސީސީ އިން ވަނީ މީގެކުރިން ވެސް ދެފަހަރެއްގެ މަތިން މާލޭ ޓެކްސީ ލައިންއަށް ޑްރައިވަރުން ހޯދުމަށް  ވޯކް އިން އިންޓަވިއު ބާއްވާފައެވެ.