MTCC

ރިޔާސީ ދައުރު ދިގު ކުރާކަށް ނޫޅެން: ރައީސް

IMG_4716

ރިޔާސީ ދައުރު ދިގު ކުރާކަށް ނޫޅެން: ރައީސް

SHARE

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ރައްޔިތުންގެ ވޯޓު ނަގާއިރު، ރިޔާސީ ދައުރު ދިގުކުރަން ނޫޅުއްވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްޕްރެސް ވިތު ރައީސް’ގެ ނަމުގައި ސަންގު ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި، ރައީސް ވިދާޅުވީ، ރިޔާސީ ދައުރު ދަންމާލުމުގެ ވާހަކަ ރެފަރެންޑަމްގައި ނޯންނާނެ ކަމަށެވެ. އަދި އެ ވޯޓުގައި އޮންނާނީ، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލުމުގެ ވާހަކަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގު ކުރާ ވާހަކައެއް، ކުރު ކުރާ ވާހަކައެއް. އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން."

ރާއްޖޭގައި ރިޔާސީ ދައުރު ދިގު ކުރުމުގެ އެއްވެސް ކަމެއް ކުރަން ނޫޅޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން، ރައްޔިތުންނަށް އެންމެ އިންސާފުވެރި، ހަރަދު ކުޑަވެ، ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.