MTCC

ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ފަށައިފި

IMG_4713

ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ފަށައިފި

SHARE

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި، ބަނދަރާއި، ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 142.67 މިލިއަން ރުފިޔާއަށް ދުވަސްތެރޭ ނިންމުމަށެވެ.  އެއްގަމު ތޮށިލުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ޖިއޯބޭގް ޖެހުން، ޕޭވްމަންޓް ހެދުން އަދި 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް މި މަޝްރޫއުގެ ދަށުން އަޅާނެ އެވެ. 

މި މަޝްރޫއުގެ އަގަކީ، 226.18 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 780 ދުވަސްތެރޭ ނިންމުމަށެވެ.