MTCC

ތިލަފުށީގައި ހުންނަ "އެމްޕްޓީ ކޮންޓެއިނާ ޑީޕޯ" ގެ ކެޕޭސިޓީ ބޮޑުކޮށްފި

img_md_202603270328561774607336.0426

ތިލަފުށީގައި ހުންނަ "އެމްޕްޓީ ކޮންޓެއިނާ ޑީޕޯ" ގެ ކެޕޭސިޓީ ބޮޑުކޮށްފި

SHARE

މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތު ގެ ދަށުން، ހުސް ކޮންޓޭނަރ ބެހެއްޓުމަށް ތިލަފުށީގައި ޤާއިމްކޮށްފައިވާ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ ކެޕޭސިޓީ އިތުރުކޮށްފިއެވެ.

ތިލަފުށީގައި ޤާއިމްކުރެވުނު ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ބޭނުންކުރެއެވެ.

އެމްޕީއެލް އިން ބުނީ، އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިހާރު އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށްފައި ކަމަށާއި، އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް އިތުރުވެގެންދާނެ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ބޭނުންކުރަން ފެށި "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގައި މިހާރު 3000 ޓީ.އީ.ޔޫ ބެހެެއްޓޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި ޑީޕޯގެ ކެޕޭސިޓީ އިތުރުކުރުމުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ކޮންމެވެސް ވަރެެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. ތިލަފުށީގައި ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޕީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.