MTCC

ރާއްޖެ އިން ޔޫކޭއަށް: ޗާގޯސް 'ޑީލް' ބަލައެއް ނުގަންނަން!

President-Muizzu-meets-then-British-Foreign-and-Commonwealth-Secretary-David-Lammy-6682134-rhz1qd90j1w17yy35z0qabsgq9xklmnvm23uw94120

ރާއްޖެ އިން ޔޫކޭއަށް: ޗާގޯސް 'ޑީލް' ބަލައެއް ނުގަންނަން!

SHARE

ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން ރާއްޖެއިން ބަލައިނުގަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިނގެރޭސިވިލާތައް ރަސްމީކޮށް އަންގައިފިއެވެ.

ބީބީސީ އިން ރިޕޯޓްކުރިގޮތުގައި، ރައީސް މުއިއްޒުގެ އޮފީހުން އެ މީޑިއާ އަށް ބުނީ، ރާއްޖެއިން މި އެއްބަސްވުމާއި މެދު ފުންކޮށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އިއުތިރާޒު އޮތް ކަމުގެ ދެ ރަސްމީ ލިޔުމަކުންނާއި، ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލަމީއާ ފޯނުން ގުޅުއްވައިގެން ކަމަށެވެ.

ޗާގޯސްގެ އިސްތިގުލާލަކީ ރާއްޖޭގެ މައްސަލައެއް ނޫން ކަމަށާއި، އެއީ އިނގެރޭސިވިލާތާއި މޮރިޝަސްގެ ކަމެއް ކަމަށްއިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރު ސްޓީވަން ޑޯޓީ ވިދާޅުވެފައިވާ ކަމަށް، ބީބީސީ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖެއިން ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށާއި، ތާރީހީ ގޮތުން ވެސް ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ބުނެފައެވެ.ބީބީސީއަށް ފޮނުވި ތަފްސީލީ ބަޔާނެއްގައި ރައީސް މުއިއްޒުގެ އޮފީހުން ވަނީ  ޗާގޯސް އާ ގުޅޭގޮތުން، އަދި ރާއްޖެއާ ޗާގޯސްއާ އޮތް ތާރީހީ ގުޅުމާއި، އިނގިރޭސި ސަރުކާރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ބަޔާންކޮށްފައެވެ.

މީގެކުރިން ރައީސް ވިދާޅުވީ، ޗާގޯސްގެ ރަށްތަކާ ރާއްޖެއާ ތާރީހީ ގުޅުންތަކެއްވާ ކަމަށާއި އެކަމާ ގުޅޭ ބައެއް ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރިކަމަށެވެ. ޗާގޯސް އާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށްޓަކައި މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުން ބައެއް "ގެއްލުނީ" ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށާއި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލި އިރު ކަނޑުން ގެއްލުނު ބައި ހޯދަން މި ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.