ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭނެ ކަމަށާއި، ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި އެއްވެސް ދުސްތޫރީ ހުރަހެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަަކަ ދައްކަވުމް އާޒިމާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ނަމަވެސް، ޖިއޯޕޮލިޓިކަލް ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި ކަމަށް އާޒިމާ ވިދާޅުވިއެވެ.
"ރާއްޖޭގެ ސަރަހައްދުން އެއްބައި ދޫކޮށްލިއިރު ރައްޔިތުންގެ މަޖިލިހަކުން ސުވާލެއް ނުކުރޭ އެ ހާލަތުގަ އޮތް ރައްޔިތުންގެ މަޖިލިސް އެ މިއަދު ރައްޔިތުންގެ މަޖިލިސް ރަނގަޅުކުރުމަށްޓަކާ ޖަވާބުދާރީ ކުރުމަށްޓަކާ ބޭނުންވަނީ ރައްޔިތުންގެ މަޖިލިސްވެސް ރީކެލިބްރޭޓް ކުރަން. ރައްޔިތުންގެ މަޖިލިސް ބަދަލުވާން އެބަ ޖެހޭ. "
އާޒިމާ ވިދާޅުވީ އެއްވެސް ފަރާތަކަށް ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ފާސްކުރި އިސްލާހުން ދުސްތޫރީ މައްސަލައެއް އޮތްކަމަށް ދެއްކިފައިނުވާ ކަމަށެވެ. އާޒިމާ އިތުރަށް ވިދާޅުވީ،ރުގެ ދުނިޔޭގައި ރާއްޖޭގެ ގަދަރު ހިފެހެއްޓޭނެ ފަދަ ވަރުގަދަ ދައުލަތަކަށް ރާއްޖެ ވާންޖެހޭ ކަމަށާއި، ދައުލަތުގެ މަސްލަހަތައް ވިސްނުންތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.