"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ، މިހާތަނަށް ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 11 ފަރާތަކަށް ރަސްމީ ބަޔާން ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އެޗްޑީސީން ބުނިގޮތުގައި މި މަސައްކަތް މެދުކެނޑުމެއް ނެތް ގޮތެއްގައި ކުރިއަށް ގެންގޮސް، ކޮންމެ ދުވަހަކުވެސް ގޯތިތައް ހަވާލުކުރަމުން ދިއުމެވެ. އެގޮތުން ދެވަނަ މަރުހަލާގައި ދަށުން ދޫކުރަންޖެހޭ ހުރިހާ ބިމެއް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކޮށް ނިންމުމަށް ވެސް އެކުންފުނިން ވަނީ މައުލާމާތު ދީފައެވެ.
ބޯހިޔާވަހިކަމަށް ދައުލަތުގެ ބަޖެޓުގައި ބޮޑު ބައެއް ހިމަނާފައިވާއިރު،ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ 2023 ވަނަ އަހަރުގައެވެ. މިހާތަނަށް ސީއެމްސީ އިން ވަނީ،މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާފައެވެ.