ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރެޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިސްޓްރީ އޮފް ކޮންސްޓަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއި އާރް.ޑީ.ސީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހަަސަން ރަޝީދުއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރ ޙަސަން ރިފާޢީ ބުޝްރީއެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަސްތެރޭގައި ނިންމުމަށެވެ.