ރ. މަޑުއްވަރިއާއި ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން، ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ސޮއިކޮށްފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އަހްމަދު ޝަރީފު އަބްދުލް ރަހްމާން ޔޫސުފް އެވެ.
މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
- 11،609 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުން
- އެއްގަމުތޮށީގެ 308 މީޓަރުގެ ސަރަހައްދެއް ރޫޅާލުން
- 308 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- 184 މީޓރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 25 މީޓާރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 1550 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް
އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 360 ދުވަސްތެރޭގައި ނިންމުމަށެވެ. މި މަސައްކަތުގެ އަގަކީ 45.78 މިލިއަންއެވެ.
މީގެއިތުރުން، އުތީމުގެ ބަނދަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ނެރު ފުންކުރުމާއި، ރިވެޓްމެންޓް ހެދުމާއި ، ބޭރު ތޮށިލުމާއި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 510 ދުވަސްތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ އަގަކީ 88.63 މިލިއަން ރުފިޔާއެވެ.