MTCC

މުންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

IMG_4642

މުންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

SHARE

މުންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި އެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން 243 މީޓަރު އެއްގަމު ތޮށި ޖެހުމާއި،  1 ރޭމްޕު ހެދުމާއި، 9 މަގުބައްތި ހަރުކުރުމާއި، 1215 އަކަމީޓަރުގެ ދުވާރު ހެދުމާއި، 106 މީޓަރުގެ ތިވެޓްމެމްޓް ހެދުމުގެ އިތުރުން، 249 މީޓަރު ބޭރުތޮށި ޖެހުން ހިމެނޭ ކަމަށެވެ.

މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ، 400 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި އެެއްބަސްވުމުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއުކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް އަބްދުއް ރަހުމާން ޔޫސްފް އެވެ.