MTCC

ތިނަދޫ ސިޓީގެ 50 ހައުސިންގ ޔުނިޓް އާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިިފި

HEGaev6bsAAQdvq

ތިނަދޫ ސިޓީގެ 50 ހައުސިންގ ޔުނިޓް އާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިިފި

SHARE

ގދ. ތިނަދޫ ސިޓީގައި  މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، އެ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އަރިހުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އާއި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ އިން  މައުލޫމާތު ދިން ގޮތުގައި،މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން 19.3 ކިލޯމީޓަރުގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް  ވަނީ ނިންމާފައެވެ.މި މަޝްރޫއުގެ އަމަލީ މަސައްކަތް 1،440 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާ އެވެ.

މީގެއިތުރުން، 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މި މަސަައްކަތް ހަވާލުކޮށްފައިވަނީ، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަޝްރޫއުގެ ދަށުން، ތިން ކޮޓަރީގެ ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަމަޖެިފައިވާއިރު، މި މަޝްރޫއު ހަވާލުކޮށްފައިވަނޯ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ތިނަދޫ ސިޓީގައި 200  200 ހައުސިންގ ޔުނިޓް އެޅުމަށް ބީލަމަށްވެސް ހުޅުވާލާފައެވެ. ހާހަކަށް ވުރެ ގިނަ މީހުން އެ ޔުނިޓްތަކަށް ކުރިމަތިލާފައިވާއިރު، އެ އެޕްލިކޭޝަންތއް އެވެލުއޭޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެޕްލިކޭޝަންތައް އިވެލުއޭޓުކޮށް ނިމުމުން ލިސްޓު އާންމުކުރާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.