މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ފޭސް 1 ގެ ދެވަނަ ސެގްމެންޓް އިން ފެށިގެން ފަސްވަނަ ސެގްމެންޓްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީ އިން ބުނީ ޝީޓް ޕްލައި ކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، ހެންވޭރު ޓާރމިނަލް އިން ފެެށިގެން، މަސްވެރިންގެ ޕާކުއާ ހަމައަށް، މަގު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ހެންވޭރު ފެރީ ޓާރމިނަލް އިން ފެށިގެން އިއްޒުއްދީން ޖެޓީ އާހަމައަށް މިއަދުން ފެށިގެން މަގު ބަންދުކޮށްފައިވާ ކަމަށެވެ.
މަގު ބަަންދުކުރުމަށްފަހު ފެންސު ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ވަނީ އެ ސަރަހައްދުގައި (ސެގްމެންޓް 2 އިން 5 އަށް) ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް، ވެސަ އެމްޓީސީސީ އިން ވަނީ އަންގާފައެވެ. އެ ސަރަހައްދުން އުޅަނދުތައް ނުނަގާނަމަ ފުލުހުންނާ ގުޅިގެން އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ބާރު ބޮޑުކަން ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަމަޝްރޫއެކެވެ.