MTCC

އެއްވެސް އަސްކަރީ ނުރައްކަލެއް ނެތް: ޑިފެންސް މިނިސްޓަރު

download (2)

އެއްވެސް އަސްކަރީ ނުރައްކަލެއް ނެތް: ޑިފެންސް މިނިސްޓަރު

SHARE

މެދުއިރުމަތީގައި ހިނގަމުންދަ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސްކަރީ ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު  ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ މުއިއްޒު އެކުލަވައިލި ވަޒީރުންގެ ހާއްސަ ކޮމެޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް، އެތަނުން އެއްވެސް ގައުމަަކަށް ނުދޭނެ ކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ."

މިނިސްޓަރު ޣައްސާން ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެ މިނިސްޓްރީއިން އަޅާނެކަމަށެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، މިފަހުން އިރާނުން ވަނީ، ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވެއްސަށް ވައިގެ ހަމަލާތަކެއް ފޮނުވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެހެން ނަމަވެސް، އިރާނުން ވަނީ އެކަން ދޮގުކޮށްފައެވެ.