MTCC

ގިރާވަރުފަޅު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ޖޫން މަހުގައި ފެށޭނެ: ރައީސް

HD6hge4boAUXVfl

ގިރާވަރުފަޅު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ޖޫން މަހުގައި ފެށޭނެ: ރައީސް

SHARE

"ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫއު" ގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމައި،  ޖޫން މަހު ގޯތިތައް ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އަދި އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކޮށްގެންނެވެ.

މި މަޝްރޫއުގެ އަމަަލީ މަސައްކަތް ފަށާފައިވަނީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ. މި ސަރަހައްދުގައި 169 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާތަނަށް 56 އަށްވުރެ ގިނަ ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިނީ އެމްއޭސީއެލްއާއެވެ. އެ ސަރަހައްދުން 4,072 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛

  • 1,250 އަކަފޫޓުގެ 2,603 ގޯތި
  • 1,650 އަކަފޫޓުގެ 1,214 ގޯތި
  • 2,050 އަކަފޫޓުގެ 254 ގޯތި
  • 2,450 އަކަފޫޓުގެ އެއް ގޯއްޗެވެ.ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ވަނީ އަލުން ގުރުއަތުލާފައެވެ.