އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅުއިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑަށް 25 އަހަރު ފުރިއްޖެއެވެ.
ހިތާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކަކީމިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުމެވެ. ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުންއަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައިމަޝްހޫރުވެފައިވާ ބްރޭންޑެކެވެ.
ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ ބޮޑަށް މަގުބޫލުވެފައިވާ މައިގަނޑުސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެބޭނުންކުރެވޭ ފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީ ކަމަށް އެ އެސްޓީއޯ އިން ބުނެއެވެ. މިގޮތުން، މީގެ 25 އަހަރުކުރިން ބޭނުންކުރަން ފެށި ބައެއް ރެފުރިޖުރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައިބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ..އަދި ،ހިޓާޗީ ރެފުރިޖުރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެއް ކަމަށާއި،މީގެ ތެރޭގައި ކަރަންޓު ޚަރަދުކުޑަކޮށްދޭ 'އިންވާޓާ' ޓެކްނޮލޮޖީއާއި، ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށްއެހީތެރިވެދޭ 'ވެކިއުމް ކޮމްޕާޓްމަންޓް' ފަދަ ސިފަތައް ހިމެނޭ ކަމެއް ކަމަށް ބުނެފައިވެއެވެ.
ދުނިޔޭގައިވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފުރިޖަރޭޓަރު ތަކަކީ ގިނަ އޭގެ ޑިޒައިންއަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލް ކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން ހިޓާޗީގެ 'ސްކައިލައިން ސައިޑް ބައި ސައިޑް' ރެފުރިޖަރޭޓަރަށް ވަނީ 'އައި އެފް' ގެ ޑިޒައިން އެވޯޑް ލިބިފައެވެ. އަދި 2025 ވަނަ އަހަރުރީޑަރޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވަރޑް ވެސް ލިބިފައި ވަނީ ހިޓާޗީ ރެފުރިޖަރޭޓަރަށެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނިބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ.ިޓާޗީ ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިންގެ ގެތަކަށް ފޯރުކޮށްދެމުން ދާއިރު މި ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެއެވެ،.