MTCC

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: 4000 އަށް ވުރެ ގިނަ ކުދި ވިޔަފާރިއަކަށް މާލީ އެހީތެރިކަން!

20260318-134134-183210

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: 4000 އަށް ވުރެ ގިނަ ކުދި ވިޔަފާރިއަކަށް މާލީ އެހީތެރިކަން!

SHARE

އެސްއެމްއީ ޑިޖިޓަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމުގެ މަސައްކަތަށް 7 އަހަރު ފުރިފައިވާއިރު،  4000 އަށް ވިރެ ގިނަ ކުދި ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެސްއެމްއީ ޑިޖިޓަލް އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ފާއިތުވެދިޔަ 7 އަހަރު ދުވަހު، ރާއްޖޭގެ 189 ރަށެއްގެ 4000 އަށް ވުރެ ގިނަ ކުދި ވިޔާފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެސްއެމްއީ އިން ވަނީ މިހާރު 10 މިލިއަން  ރުފިޔާއާ ހަމައަށް ފައިނޭންސިންގ ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން،2019 ގައި ފައިނޭންސިންގެ ދޫކޮށްފައިވަނީ، 5،000،000 ރުފިޔާއާ ހަމައަށެވެ. މިހާރު އެސްއެމްއީ އިން ފައިނޭންސިން ދޫކުރަނީ، 10،000،000 ރުފިޔާއާ ހަމައަށެވެ.

އެސްއެމްއީ ޑިޖިޓަލްގެ ޕްރޮޑަކްތައް ބައްޓަންކޮށް ފައިނޭންސް ފޯރުކޮށްދޭ ދާއިރާތަކަށް ބަލާއިރު:

އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން
ހިނގަމުންދާ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަ މާލީ އެހީތެރިކަން
ފަތުރުވެރިކަމާއި ގެސްޓަހައުސް ދާއިރާ އިތުރަށް ފުޅާކުރުން
ސަރުކާރުގެ ވުޒާރާތަކާ ގުޅިހެން ކުދި ވިޔަފާރިތައް ބާރުވެރިކުރުމަށް ހިންގޭ ތަފާތު ސްކީމްތައް

އެސްއެމްއީ އިން ބުނީ އެކުންފުނީގެ މިހާރު އެންމެ އިސް އަމާޒަކީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ، އަދި ރާއްޖޭގައު އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސިން ހިދުމަތްދޭ މުއައްސަސާއަަކަށް ބަދަލުވުން ކަމަށެެވެ.  އެސްއެމްއީ އިން ވަނީ ވޭތުވެދިޔަ 5 މަސް ދުވަސް ތެރޭގައި އިދާރާގެ ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިން ފެސިލިޓީ ތަކެއް ތައާރަފުކޮށްފައެވެ.

އަދި މިހާތަނަށް ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިން އަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްވެސް އެސްއެމްއީ އިން ވަނީ ފަށާފައެވެ.