MTCC

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީއިން ތާއީދުކޮށްފި

IMG_3777

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީއިން ތާއީދުކޮށްފި

SHARE

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ، އަދާލަތު ޕާޓީ އިން ތާއީދުކުރުމަށް ނިންމައިފި އެވެ.

އެ ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ،ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ނިންމުމަށް ޝްވަރާ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކޮށްފައިވާ ކަަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ އަސާސީއަށް އިސްލާހު ގެނެސްފައިވާއިރު،ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހުގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.