މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ސީއީއޯ އަކަށް އިބްރާހީމް ޒިޔަތު ހަމަޖައްސައިފިއެވެ.
އެމްޕީއެލް އިން ވަނީ، ޑެޕިއުޓީ ސީއީއޯގެ މަގާމަށް އަދި ބޯޑް މެންބަރު ކަމަށް އިބްރާހިމް ޒިޔަތު އައްޔަނު ކޮށްފައިވާ ކަން އިއުލާނުކޮށް، އޭނާއަށް މަރުހަބާ ކިޔާފައެވެ.
ޒިޔަތު ވަނީ މީގެކުރިން އެމްޓީސީސީގެ ސީއީއޯ ކަން ވެސް އަދާކުރައްވާފައެވެ. އޭނާ އެ މަގާމު ފުރުއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ޒިޔަތު އަކީ، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ޒިޔަތު ހިމެނޭގޮތަށް އެމްޕީއެލްގެ ބޯޑުގައި ތިބެނީ 8 މެންބަރުންނެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ރިޝްވާންއެވެ.