MTCC

އެފްއޭއެމް މައްސަލަ: މަނީ ލޯންޑްރިންގެ މައްސަލައިގެ އެއް މިލިއަން ޑޮލަރުގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

images (1)

އެފްއޭއެމް މައްސަލަ: މަނީ ލޯންޑްރިންގެ މައްސަލައިގެ އެއް މިލިއަން ޑޮލަރުގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

SHARE

ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ އެފް.އޭ.އެމްގެ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި  ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ، އަމީން ކޮންސްޓްރަކްޝަންގެ ދެ އެޕާރޓްމެންޓް ގަތުމަށް ބޭނުންކުރި ފައިށާކަން ސާބިތުނުވާކަމަށާއި، އެ ފައިސާއަކީއެފް.އޭ.އެމްއާއި އަމީން ކޮންސްޓްރަކްޝަން  އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީޙުން ބުނެފައިވަނީ، އެއް މިލިއަން  ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވެސް އެ އޮފީހުން ދެކޭ ކަމަށެވެ.

އެހެންކަމުން ޕީޖީ އިން ވަނީ އެ ބައި ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

"މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ. "

ޕީޖީ އޮފީހުން ބުނެފަިއވަނީ.ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށެވެ.